
ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބްރިޖު އެހާ ރަނގަޅު ހާލަތެއްގައި އޮތީ ޗައިނާގެ ޒުވާން އިންޖިނިއަރިން ޓީމުގެ ސަބަބުންކަމަށެވެ.
ސަފީރު ވިދާޅުވީ ސިނަމާލެ ބުރިޖުގެ އިންސްޕެކްޝަން ހަދާ ޒުވާން ޓީމާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ބްރިޖު ބޭނުންކުރާތާ 7 އަހަރު ފަހުންވެސް ބްރިޖުގެ ހާލަތު ވަރަށް ރަނގަޅުކަމަށް ބުރިޖުގެ އިންސްޕެކްޝަން ޓީމު ފާހަގަކޮށްފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
ބުރިޖުގެ އިންސްޕެކްޝަން މަސައްކަތުގައި ޗައިނާގެ ޒުވާން ޓީމާއި އެކު ދިވެހި އިންޖިނިއަރުންވެސް މަސައްކަތް ކުރާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޖިނިއަރިންގެ ދާއިރާއިން ދިވެހި ޒުވާނުން ތަމްރީނުވެ، ބުރިޖު މެއިންޓެނެންސް މަސައްކަތާ ދިވެހީން ހަވާލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަފީރު ވަނީ ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖު
ސިނަމާލެ ބުރިޖު އެޅީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ) އިންނެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ގައި ފެށި ބްރިޖުހެ މަސައްކަތް ނިންމާ އާއްމުކޮށް ހުޅުވާލީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހެވެ.