ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވާނުވާ ބަންދަށް ހައްލެއް ހޯދަން ވިސްނަނީ ޓެގް އަޅުވައިގެން ނުވަތަ އިލެކްޓްރޯނިކް މޮނީޓަރިން ނިޒާމެއްގެ ދަށުންކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ތިންބައިކުޅަ އެއްބައި ވަރު ވާނުވާ ބަންދުގައި ތިބި މީހުން ޓެގް އެޅުވޭނެތޯ ބަލަން ފުލުހުންނާ ޕީޖީއާ އޭޖީއާއެކު މަސައްކަތް ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން، ކުދިކުދި ކުށްތައް ނުވަތަ ބަލިކަށި ހެކިހުރި ފަރާތްތަކުގެ މައްސަލަތައް ކޭސް ބައި ކޭސް ބަލައި، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އަނބުރާ ގެނެވެން ހުރި މައްސަލަތައް ބަލަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.