ads
ސްޕެއިންގައި ތިބި ދަރިވަރުންނާއި އޮންލައިންކޮށް މިނިސްޓަރު ހައިދަރު ބައްދަލުކުރަނީ
ސްޕެއިންގައި ތިބި ދަރިވަރުންނާއި އެންމެފަހުން މިނިސްޓަރު ބައްދަލުކޮށްފި
ސަރުކާރުގެ ލޯނުގެ އެހީގައި ސްޕެއިންގައި ޕައިލެޓު ޓްރެއިނިން ހަދަމުންދާ ދަރިވަރުންނާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައްދަލު ކުރައްވައިފިއެވެ.
Advertisement

ސްޕެއިންގައި ކިޔަވަމުން ދާ ދަރިވަރުންނާއި މިނިސްޓަރު ހައިދަރު ބައްދަލު ކުރައްވާފައި އެކުދިން ކަންބޮޑުވުންތަކެެއް ފާޅުކޮށްފައި ވަނިކޮށެވެ. އެގޮތުން ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުމުގެ ސަބަބުން ދަރިވަރުން އަމިއްލައަށް ހަރަދުތައް ހަމަޖައްސަން ޖެހިފައިވާކަމަށް ދަރިވަރުން އޭރު ވަނީ ބުނެފައެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓަރު ހައިދަރު ސްޕެއިންގައި ތިބި ދިވެހި ބައެއް ދަރިވަރުންނާ ބައްދަލު ކުރައްވައިފައިވާކަމަށެވެ.  އޮންލައިންކޮށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ސަރުކާރުގެ މަތީ ތައުލީމާ ތަމްރީނުގެ ލޯނު އެހީގައި މި ވަގުތު ސްޕެއިންގައި ޕައިލެޓް ޓްރޭނިން ހަދަމުންދާ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

your imageމިނިސްޓަރު ހައިދަރު 

މިނިސްޓަރު ވަނީ ދަރިވަރުންގެ ވާހަކަަތައް ތަފްސީލުކޮށް އަޑު އައްސަވާ،  ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް