ads
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެ ހުށަހެޅުއްވި ކަންކަމާމެދު، ކަމާގުޅޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވުން
ވާނުވާ ބަންދު މީހުންނަށް ޓެގު ތައާރަފްކުރުމާ ގުޅޭގޮތުން އިދާރާތަކާ ރައީސް މަޝްވަރާ
ވާނުވާ ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތައާރަފްކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރައްވާފައިފިއެވެ.
Advertisement

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދެވުނީ ރައީސް އޮފީހުގައެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ ފަރާތްތަކަށް ފުރުސަތެއް ދިނުމުގެ ގޮތުން އިލެކްޓްރޯނިކް ޓެގު ތަޢާރަފްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކުން ކުރީ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރި ކަންކަމާމެދު މަޝްވަރާކުރެވުނެވެ. ހާއްސަކޮށް، އެފަރާތްތަކުން ލިޔުމުން ހުށަހެޅި ކަންކަމާމެދު ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިގޮތުން ވާނުވާ ބަންދުގައި ތިބޭ ފަރާތްތަކަށް ފުރުސަތެއް ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިހްސާން، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އަދި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް