
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ މިރޭ ބުނީ އެ ހާދިސާއާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޔުމްނު ވާހަކަ ދައްކާފައިވާކަމަށެވެ.
ޔުމުނުގެ ދައްތަ މިރޭ ދެ ޓީވީއެއްގައި ދިން އިންޓަވިއުގައި ބުނީ ޔުމުން ވެއްޓުނު ރޭ އެތަނުން އޭނާ އަމިއްލައަށް ފުންމާލާފައި ނުވާކަމަށް ޔުމްނު ބުނިކަމަށެވެ. އަދި އެރޭ އެތަނުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ އިތުރުން ހަތަރު މީހުން ތިބިކަމަށް ޔުމްނު ބުނިކަމަށްވެސް އޭނާގެ ދައްތަ ވަނީ ބުނެފައެވެ. އެހެންނަމަވެސް މިރޭ އިންޓަވިއު ދިން ޔުމްނާގެ ދައްތަގެ ނަމެއް އިންޓަވިއުގައި އޭނާ ބުނެފައެއް ނުވެއެވެ.
ކުރިން ވެސް ޔުމްނު ފެންޓެނޯއީއަށް ގޮސް އުޅޭ
ޔުމްނާއި ހަވާލާދީ މިރޭ އާއިލާއިން ބުނީ އެރޭ ޔުމްނު އަމިއްލަ އަށް ފުންމާލީ ނޫންކަމަށެވެ.
ޔުމްނު ބުނީ އަމިއްލައަކަށް ފުންމާލީ ނޫންކަމަށް
ޔުމްނު ވެއްޓުނު ރޭ އެގެއަށް ދައުވަތު ދިންކަމަށް ބުނެފައިވާ ޔޫސުފް ޔައްސާރު އަބްދުލްގަފޫރު / ހ. މީނާޒް (28 އަހަރު ) މި ހާދިސާއާއި ގުޅިގެން ފުލުހުން ފޯނު ހިފައްޓާފައިވާ އެކަކެވެ.
މި މައްސަލާގައި ފުލުހުން މިހާތަނަށް ދިން މައުލޫމާތުތަކުގައި ބުނެފައިވަނީ އެރޭ ޔުމްނު ވެއްޓުނު ފެންޓެނޯއީ ގެއަކީ އެމީހުންނާއި ގުޅުން ހުރި ގެއެއް ނޫންކަމަށާއި އެމީހުން ދަންނަ ބަޔަކުވެސް އެގޭގައި ނޫޅޭކަމަށެވެ. އަދި އެރޭ ޔުމްނު ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުންވެސް ނެތްކަމަށާއި ޔުމްނު އަމިއްލައަށް އެގޭގެ ފެންލައިޓަކުން ވެއްޓުނީކަމަށް ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.