ފުލުހުން ބުނީ ހުޅުމާލެ 1ގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި ފުޅިތަކެއް ފެނުނު ކަމަށެވެ. އެގޮތުން ފެން ހުރި ކުރި 500 އެމްއެލްގެ 40 ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މީހުން ބަނގުރާ އަަޅައިގެން ގޮސްފައިވަނީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެ މީހުންނެވެ. އެއީ އުމުރުން 27 އަަހަރުގެ ތަލަޕަތީ ޕުގަޒެންދީ، އާއި އުމުރުން 47 އަހަރުގެ ރާޖަގޯޕާލް ސެލްވަގަނަޕަތީކަމަށް ފުލުހުން ބުނެއެވެ.
ފެން ހުސްކުރި ފުޅީގައި ބަނގުރާ އުފުލަނިކޮށް އަތުލައިގެން މީހުން
ފުލުހުން ބުނީ މި މީހުން ރާ އަރުވައިގެން ދުއްވި ވެހިކަލް ޓޯކޮށް މައްސަލަ ބަލަމުން އަންނަކަމަށެވެ.