ads
"މޯލްޑިވްސް 2.0 ފައްޓަވާ ދެއްވަމުން ރައީސް ވާހަކަ ދައްކަވަނީ
2028ގައި ސަރުކާރު ތިންބައިކުޅަަަ އެއްބައި މުވައްޒަފުން މަސައްކަތްކުރާނީ ގޭގައި ތިބެގެން
"މޯލްޑިވްސް 2.0" ގެ މަސައްކަތް ނިމުމުން ސަރުކާރު މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ވަޒީފާ އަދައިކުރާނީ އެ މުވައްޒަފަކު ހުރި ތަނެއްގައި ހުރެ، 'ވޯކް ފްރޮމް ހޯމް' އުސޫލުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން މިރޭ އިފްތިތާހުކުރި، ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކޮށް، ރާއްޖެ ޑިޖިޓަލްކުރުމުގެ "މޯލްޑިވްސް 2.0 ފައްޓަވާ ދެއްވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން މި ފަށާ ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމަކީ އަމާޒު ކަަމަށެވެ.

ޑިޖިޓަލައިޒޭޝަން ހިދުމަތު އެންމެ ބޮޑު އެއް ފައިދާއެއް ކުރާނީ ސަރުކާރުގެ އެކި ހިދުމަތްތައް ދޭ އިދާރާތަކުގެ ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޑިޖިޓަލައިޒޭޝަންގެ އަމާޒަށް ވާސިލްވުމުން އޮފީހުގައި ހިދުމަތް ދޭން ތިބެންޖެހޭ މުވައްޒަފުންގެ އަދަދު އެތައްތަނަކުން މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެެވެ.

ސިވިލް ސާވިސްގައި މިހާރުވެސް 49،000 އެއްހައި މުވައްޒަފުން މަސައްކަތްކުރައްވަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒޭޝަން ނިމުމުން ސަރުކާރުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެންކަމަށެވެ. 

" އަޅުގަނޑުގެ އުންމީދަކީ 2028 ވަނަ އަހަރު ފެށޭއިރު ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގައި މަސައްކަތް ކުރަމުންދާ ގާތްގަނޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގޭގައި ތިބެގެން ހަމަ ގާނޫނީ އުސޫލުގެ ތެރެއިން ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތް ކުރާ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.

ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން މިކަން ކުރުމުން ގެއިން މަސައްކަތްކުރާ ގޮތަށް ކަނޑައަޅާ މުވައްޒަފުންގެ ތެރޭގައި ހަފްތާއަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތެއްގައި އޮފީހަށް އަންނަން ޖެހޭ މުވައްޒަފުން ވެސް ތިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް