ads
ފަސްޓްލޭޑީ
ކުޑަކުދިންގެ ރައްކާތެރިކަމަށް އަހަރަކު ބިލިއަނެއްހާ ރުފިޔާ ހޭދަކުރޭ: ފަސްޓް ލޭޑީ
ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ހޭދަކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

މިހެން ވިދާޅުވީ މިއަދު ފެށުނު "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ގެ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރެންސްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ކޮންފަރެންސްއެކެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގައި އެ ކުދިންގެ ވަށައިގެންވާ މާހައުލު ބޮޑު ދައުރެއް އަދާކުރާ ކަމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭދަކުރެވޭ ފައިސާ ހަރުދަނާ ނިޒާމެއްގެ ތެރެއިންތޯ ބަލަންޖެހޭ ކަމަށެވެ. އަދި ތަފާސްހިސާބުތައް ދައްކާގޮތުން އުމުރުން 14 އަހަރުގައި މީހަކު މަރާލައިގެން ހައްޔަރުކުރުމުގެ ކުރިން އެކުއްޖާ، 191 ފަހަރު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އެކި ގޮތްގޮތުން ބައްދަލުވެފައިވާކަން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންފަރެންސްގެ ބައިވެރިންނަށް މެޑަމް ސާޖިދާ ގޮވާލެއްވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކުޑަކުދިންގެ އަދުލު އިންސާފުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަށެވެ. އެކަމަނާ ވިދާޅުވެފައިވަނީ މި ނިޒާމަކީ އަދަބު ދިނުމަށް އަވަސްވެގަތުމުގެ ބަދަލުގައި، ކުށަށް އަރައިގަތުމަށް މެދުވެރިވި ހާލަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމަކަށް ހަދަންޖެހޭ ކަމަށެވެ. މި ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންގެ އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް