
މިއަދު ފާހަގަކުރާ ނަތުހުންގެ ދުވަހުންގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި ހިތާބުގައި ވިދާޅުވީ އިންސާނިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ ބުރަ، އެންމެ ޝަރަފްވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ސާބަހާއި ތާރީފާއެކު އަރިސްކުރާކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިދުމްތަ ކުރާ ނަރުހުންގެ 92 އިންސައްތައަކީ އަންހެނުންކަމަސެވެ. އެހެންކަމުން ސިއްހީ ނިޒާމު ފުޅާކޮށް ޒަމާނީކޮށް ނަރުހުންގެ ގޮތުގައި ދިވެހިން އިތުރު ކުރުމަކީ ސާރުކާރުގެ އަމާޒުކަމަށެވެ.
ނަރުހެއްގެ މަސައްކަތް ކުރަނީ ވަކި އުމުރެއް، ވަކި ގިންތިއެއް ފަންތިއެއް، ވަކި މިޒާޖެއް ތަފާތުކުރުމެއް ނެތި، ކުލުނާއި، އެހީތެރިކަމާއި، ހިތްތިރިކަމާއެކުކަމަށެވެ. އަދި އަމިއްލަ އާއިލާއާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ޑިއުޓީގެ ވަގުތުގައި ހުރިހާ އިސްކަމަކާއި ސަމާލުކަމެއް ބަލިމީހާއަށް ދީގެން ނަރުހުން ކުރާ މަސައްކަތް ސަރުކާރުން ބަލައިގަނެ ސަރުކާރުން ނަރުހުންގެ އަޑު އަހާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނަރުހުންގެ ހިދުމަތަކީ، ދެވޭ މުސާރައަކަށްވުރެ، އެ ހިދުމަތަށް ލިބޭ ސަވާބާއި ދަރުމަ، އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮދުއާ، އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއްކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ.