ads
ހުޅުމާލެ
ހުޅުމާލެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން "ޑިސްކައުންޓް ވީކް" ފަށައިފި
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފިއެވެ.
Advertisement

މި ޕްރޮމޯޝަން މި މަހުގެ 10 ވަނަ ދުވަހު ފެށި، 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ގިނަ ފިހާރަތަކާއި ރެސްޓޯރެންޓުތަކުން ހުރިހާ އައިޓަމްތަކުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ތަންތަނުން ކޫޕަނާއި ހަދިޔާވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ޑިސްކައުންޓް ވީކްގައި ބައިވެރިވާ ތަންތަނުގެ ތެރޭގައި ފަހި ޕްލާޒާ، ރަޓަޓޫލީ، އެމްއެޗްއޭ މާޓް، ބްރެޑް މެޓާރސް، އިހްސާން ފިހާރަ، މަންހެޓަން ފިޝް މާކެޓް، ގްލޯރިއާ ޖީންސް، ކޮފީ ވިއު، ޗިކިން، ރެޑްވޭވް، ބޭކާސް ބާސްކެޓް، އަރިއްސާ އަދި އެސްޖޭ މޯލް ހިމެނެއެވެ. މި ތަންތަނުން 5 ޕަސަންޓުން ފެށިގެން 30 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އެސްޖޭ މޯލުން ބައެއް ބްރޭންޑުތަކުގެ ތަކެތިން 30 ޕަސަންޓުގެ ޑިސްކައުންޓް ލިބޭއިރު، އަރިއްސާ އަދި އެމްއެޗްއޭ މާޓުން ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެއެވެ.

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ޑިސްކައުންޓް ވީކްގެ އިތުރުން އެޗްޑީސީން ވަނީ ފެސްޓިވަލެއްގެ ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މި ހަރަކާތްތައް މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށުނެވެ. ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިންގ ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް ކުރިއަށްދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް