ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
17 އަހަރުގެ ހުސައިން ޒައިން އަލީ ފުރަތަމަ ފަހަރަށް ހުކުރު ހުތުބާ ކިޔަނީ
އިންތިހާބުވެފައިވާ ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމައިފި
އިސްލާމިކް މިނިސްޓްރީން ކައުންސިލަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.
Advertisement

މިގޮތަށް ނިންމީ އަތޮޅުތަކުގައި ހުތުބާ ކިޔުމަށް ހުރި ދަތިތައް ހައްލުކުރުމުގެ މަގުސަދުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކައުންސިލަރުންގެ ތެރެއިން ހުތުބާ ކިޔުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ގުރުއާން މަރުކަޒު މެދުވެރިކޮށް ކުރިއަށްގެންދާ ހަތީބުކަމުގެ ތިން މަސްދުވަހުގެ ކޯހެއް ފުރިހަމަކުރުމުން ހުތުބާ ކިޔުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. މި ކޯހުގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށާއި، ކޯހުގައި ހަތީބުކަމަށް ބޭނުންވާ ފިގުހު، ގުރުއާން، އަގީދާ އަދި ހަދީސް ކިޔަވައިދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް 1 ޖޫންގައި ހުޅުވާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ހަތީބުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޒުވާން ހަތީބުން ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު، 270 އަށްވުރެ ގިނަ ހަތީބުން މިހާތަނަށް ސަނަދު ހާސިލްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް