
ފުލުހުން ބުނީ މި މީހާ އަތުލައިގަތީ ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިކަމަށެވެ.
މި މައްސަލާގއި ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، އުމުރުން 46 އަހަރުގެ މުހައްމަދު އުޝާންއެވެ.
ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާކަމަށެވެ. އަދި އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ރާ އުފުލަނިކޮށް ހައްޔަރުކުރި މީހާ
މި މައްސަލައާ ގުޅިގެން، ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ ކާރު ވަނީ ޓޯކޮށްފައިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.