
އަލީ ހުސޭން ވިދާޅުވީ ޔުމްނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނެއް އުފެދުނީ ފުލުހުންގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިތުބާރު ގެއްލުނީމަ ކަމަށެވެ.
އެހެންނަމަވެސް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ޔުމްނުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނުވަތަ ކުށެއް ނެތް ކަމަށެވެ. މިކަމާ ގުޅިގެން އަލީ ހުސޭން ވިދާޅުވީ ހޯމް މިނިސްޓަރު އެހެން ވިދާޅުވާއިރު ރައީސަކީ ކާކުކަން އޮޅޭ ކަމަށެވެ. ސަރުކާރުން ކުރިއަށްގެންދާ އަހާ ފޯރަމް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އެއްވެސް ގޯހެއް ހަދާފައިވާކަން މިހާތަނަށް އޭނާއަށް ފާހަގަވެފައިނުވާ ކަމަށެވެ.
ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުން އަދިވެސް މަސައްކަތްތަކެއް ކުރަމުންދަނީ ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގު ކުރާ ދެތިން އިދާރާއިން ވެސް ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް ފުލުހުން މި މައްސަލައިގައި އަމަލު ކުރި ގޮތުގެ އެއްވެސް ގޯހެއް ފާހަގަވެފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.