ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށްކަމަށެވެ.
" ވީމާ އިސްވެ ދެންނެވި ނުކުތާތަކަށް ރިއާޔަތްކުރާއިރު، ޖޭއެސްސީން ތަހުގީގުކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނޫ)ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށްކަން ފާހަގަކުރަން،" ފިލްޒާގެ ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކީ އެ ކޮމިޝަނުން ބަލާނެ މައްސަލައެއްތޯ ކަނޑައެޅުމަށްޓަކައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއް ފޮނުވަންވާނެކަމަށެވެ.
ފިލްޒާގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވި ލަފާގައިވަނީ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލައާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވައިފައެވެ.
ފިލްޒާ ހިއްސާކުރެއްވި ކަންބޮޑުވުންތައް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ..އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން ނިންމާފައި އޮތުމަށް ފަހު، އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުންވެސް ސިއްރު ކުރަން ވެރިކަން ކުރާ ޕީއެންސީން ނިންމިއެވެ.