ސުޕްރީމް ކޯޓު ހިންގުން ހުއްޓިފައިވާތީ އިބްރާހިމް އިސްމާއިލް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމަށް ފަހު، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް އިބްރާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު ކުރިމަތީގައި އޮތް ނުރައްކަލުން ގައުމު ސަލާމަތް ކުރެވެން އޮތީ ދުސްތޫރީ މައްސަލަ ބަލައި، ގޮތެއް ކަނޑައަޅައިގެން ކަމަށެވެ.
އިބްރާ އުއްތަމަ ފަނޑިޔާރަށް ފޮނުވި ސިޓީގައި ވަނީ އެ މައްސަލައާ މެދު މިއަދުން މިއަދަށް ގޮތެއް ނިންމޭނެ މަގެއް އޮތް ނަމަ އެ މަގެއް ދައްކަވައި ދެއްވުމަށެވެ.