ads
މާފަންނު ދެކުނު ދާއިރާގެ މެމްބަރު މެންބަރު އަބްދުﷲ ރިފާއު
ސީއެސްސީން ބަންޑާރަ ނައިބުގެ އޮފީސް ވަކިކުރުމަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިނުގަތް
ސިވިލް ސާވިސްއިން ބަންޑާރަ ނައިބުގެ އޮފީސް ވަކިކޮށް، ވަކި ހިދުމަތެއްގެ ގޮތުގައި ހިންގުމަށް ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
Advertisement

މިއަދު ނެގުނު ވޯޓުގައި 67 މެންބަރުން ވޯޓުދިނީ ބިލް ފާސްނުކުރުމަށެވެ. ބިލް ފާސްކުރަން ވޯޓުދިނީ ހަމައެކަނި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލަކީ، މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ ބަންޑާރަ ނައިބުގެ އޮފީސް ވަކި ގާނޫނެއްގެ ދަށުން ހިންގުމަށް ހުށަހެޅި ބިލެކެވެ. ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ނެގުނު ވޯޓުގައި 70 މެންބަރުން ވޯޓުދިނެވެ. 

ހުށަހެޅުނު ބިލުގައި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ދެ ބަޔަކަށް ބަހާލުމަށް ހުށަހަޅާފައިވެއެވެ. އަދި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރުކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލުގައި މުވައްޒަފުންނަށް ސިއްހީ އިންޝުއަރެންސް ނިޒާމެއް ހަމަޖެއްސުމާއި ރިޓަޔަމަންޓް އިނާޔަތްތައް ދިނުމުގެ ކަންކަންވެސް ހިމަނާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް