
އޮޑިޓަރ ޖެނެރަލް ނެރުއްވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން ހަދާފައިވާ ހާއްސަ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، 1468 ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ފެނަކައިން އަލަށް އެއްވެސް ޕްރޮޖެކްޓެއް ފަށާފައެއް ނުވެއެވެ. އެހެންކަމުން، އެ ދުވަސްވަރު ނެގި 1468 މުވައްޒަފުންނަކީ، ކުންފުނީގެ އޮޕަރޭޝަން ފުޅާވުމުގެ ސަބަބުން އިތުރު މަސައްކަތެއް އޮވެގެން ނެގި ބައެއް ކަމަށް ބެލެވޭކަން ނެތް ކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް، 1468 މީހަކަށް ފެނަކައިން ވަޒީފާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އެ އިންތިހާބު، ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.
ފެނަކަ ކޯޕަރޭޝަނުން 646 މުވައްޒަފަކަށް އެ މީހުންގެ ރަސްމީ ވަޒީފާގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން 19.5 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުންވަނީ ފާހަގަ ކުރެވިފައެވެ.