ads
ފޮޓޯ އެމްޓީސީސީ
ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ 60 ޕަސަންޓު މަސައްކަތް ނިމިއްޖެ
ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ 60 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
Advertisement

އެމްޓީސީސީން މިކަން އިއުލާން ކުރީ ހިތާދޫ ބަނދަރު ބްރޭކްވޯޓާ އަދި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ދިން އަޕްޑޭޓެއްގައެވެ. އެމްޓީސީސީން އިތުރަށް ބުނީ މަސައްކަތަށް ބޭނުންވާ ހިލަތަކުގެ ދެވަނަ ޝިޕްމަންޓް އެސަރަހައްދަށް ފޯރުކޮށްދީ، ބްރޭކްވޯޓާ ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިންގާ މަސައްކަތްތަކުގެ ތެރޭގައި 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެމްޓީސީސީން އިތުރަށް ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ދަށުން ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19.80 މިލިއަން ރުފިޔާއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް