
ގެނބެމުން ދިޔަ މީހަކު ފުކޫ ސަލާމަތްކުރަނީ -- ފޮޓޯ/ ކައިރޭ އަރީފް
ގެނބުނު މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
މުހައްމަދު އާދަމް އަހްމަދު
19 މޭ 2025 - 11:25:31
މާލޭގެ ނޯތު ހާބަރު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ގެނބެނިކޮށް ސަލާމަތްކުރި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
އިއްޔެ މެންދުރު 11:30 ހާއިރު ހިނގި އެ ހާދިސާގައި ގެނބުނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗުން ބުނީ މި މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.
މި މިހާ ގެނބެމުންދަނިކޮށް، ފެނިގެން އެމީހާ ސަލާމަތްކޮށްދިނީ ރާއްޖޭގެ ސާފިން ޗެމްޕިއަން އަބްދު ﷲ އަރީފް (ފުކޫ) އެވެ.
މިމީހާ ގެބިނިކޮށް ސާލާމަތްކުރި ފުކޫ އެ ސަރަހައްދަށް ދިޔައީ ދޯންޏަކަށް އެއްޗެއް ލާން ށެވެ. އޭނާ އެ ސަރަހައްދަށް ދިޔައިރުވެސް މޫދަށް ވެއްޓުނު މީހާ ގެނބެމުންދިޔައިރުވެސް އެކަކުވެސް އެނާ ސަލާމަތްކުރަން މަސައްކަތް ނުކުރާކަމަށްވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް