ހަބަރު /

ކެޔޮޅުންނާ ރައީސް މުއިއްޒި ބައްދަލުކުރައްވަނީ
މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދޭނަން: ރައީސް
މުހައްމަދު އާދަމް އަހްމަދު
19 މޭ 2025 - 13:41:00
ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހަައްމަދު މުއިއްޒު މަސްވެރިންނަށް ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ކެއުޅުންނާ އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
ކެއުޅުންގެ ފަރާތުން މީގެ ކުރީގެ ބައްދަލުވުމެއްގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ސަރުކާރު ކުރަމުން އަންނާތީ އެކަމާއި އުފާކުރާކަން ހާމަކުރިކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުންއައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ކެޔޮޅުން ފާހަގަކުރިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ބައްދަލުވުމުގައި ކެޔޮޅުން އެދުނު ކަންކަން
- ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނިން.
- ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުން.
- މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދިނުން
- މަސް ކަނދުފަތި އިތުރުކޮށްދިނުން
- މަސްކިރާ ލޮކޭޝަން އިތުރުކޮށްދިނުން
- ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދާދިނުން.
ރައީސް ދެއްވި ޖަވާބު
- ވައުދާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން
- ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާނެކަން މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަން. ބޭންކު ލޯން މިހާރު ފެށިފައިވާތީ އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަން.
- އައިސް ޕްލާންޓް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރާނެކަމުގެ ޔަޤީންކަން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް