ads
ޑަބްލިއުއެޗްއޯގެ އައު ރެޕްރެޒެންޓެޓިވް މިސް ޕައިޑެން ފޮރިން މިނިސްޓަރަށް ލެޓާ އޮފް ކްރެޑެންސް ހުށަހެޅުއްވުން
ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި އެވޯޑަށް, ޑަބްލިއުއެޗްއޯއަށް ޝުކުރު
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޓޮބެކޯ ކޮންޓްރޯލްގެ ދާއިރާއިން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ސްޕެޝަލް އެވޯޑް ލިބިވަޑައިގަތުމާ ގުޅިގެން ފޮރިން މިނިސްޓަރު ޑރ. އަބްދުއްލާ ހަލީލް ޑަބްލިއުއެޗްއޯއަށް ޝުކުރު އަދާކުރައްވައިފިއެވެ.
Advertisement

މިކަން ފާހަގަކުރައްވާފައިވަނީ ޑަބްލިއުއެޗްއޯގެ އާ ރެޕްރެޒެންޓެޓިވް މިސް ޕައިޑެން ފޮރިން މިނިސްޓަރަށް ލެޓާ އޮފް ކްރެޑެންސް ހުށަހެޅުއްވުމަށް ބޭއްވުނު ބައްދަލުވުމުގައެވެ.

ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތައް ވެސް ފާހަގަކުރައްވާފައެވެ. މިގޮތުން، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމާއި، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިންމާފައިވާ ސަރުކާރުގެ ނިންމުން ވެސް ފާހަގަކުރެއްވިއެވެ.

މިއަހަރަކީ ރާއްޖޭގައި ޑަބްލިއުއެޗްއޯގެ އޮފީހެއް ގާއިމުކުރެވުނުތާ 60 އަހަރު ފުރޭ އަހަރެވެ. ޑަބްލިއުއެޗްއޯއިން މި އޮފީސް ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. ބައްދަލުވުމުގައި، ޑަބްލިއުއެޗްއޯއިން ރާއްޖޭގެ ހެލްތު ސެކްޓަރ ތަރައްގީކުރުމުގައި އަދާކޮށްފައިވާ މުހިންމު ދައުރު ފޮރިން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބަލިތައް ކޮންޓްރޯލްކުރުމާއި، ހެލްތުކެއަރއަށް ވާސިލުވުމުގެ ފުރުސަތު އިތުރުކުރުމާއި، ހެލްތު އިމަޖެންސީތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމުގައި ކުރެވިފައިވާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ. ޑަބްލިއުއެޗްއޯގެ އައު ރެޕްރެޒެންޓެޓިވް މިސް ޕައިޑެން ވަނީ އޭނާގެ މަގާމުގެ މުއްދަތުގައި ރާއްޖޭގެ ހެލްތު ސެކްޓަރ އިތުރަށް ތަރައްގީކުރުމަށް ސަރުކާރަށް ޑަބްލިއުއެޗްއޯއިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް