
މި ޓެސްޓް އޮންނާނީ މިއަދު ހެނދުނު 09:15 އިން 10:45 އަށެވެ.
ފުލުހުން ވަނީ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ އަޑުއެހުމުގެ ބައި ކުރިއަށްދާނެތީ، ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހިދާނެފަދަ ކަންތައްތަކުން އެއްކިބާވެ، އަދި ބަރުގޮނު ބޭނުން ނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.
އަދި ދަރިވަރުންނަށް އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް ޓަކައި، އެންމެހައި އާންމުން އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނު ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
މިއަހަރުގެ ކެމްބްރިޖް އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި 8362 ދަރިވަރުން ބައިވެރިވެއެވެ. އޭގެތެރޭގައި ހިމެނެނީ ކެމްބްރިޖް އިމްތިހާނު ހަދާ 7666 ދަރިވަރުންނާއި އެސްއެސްސީގައި ހިމެނޭ ދިވެއްސާއި އިސްލާމު މާއްދާގައި 7519 ހަދާ ދަރިވަރުންނެވެ. މި އަހަރުގެ އޯލެވެލް އިމްތިހާން ރާއްޖޭގެ 260 ސެންޓަރެއްގައި ކުރިޔަށް ގެންދާނެއެވެ.
އޯލެވެލް އިމްތިހާނުން މި މަހުގެ 11 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.