ads
އުމުރުން 13 އަހަރުގެ އިބްރާހީމް މުތީއު މުހައްމަދު
މަތިވެރީގެ ފުރަތަމަ ހާފިޒަކަށް 13 އަހަރުގެ މުތީއު
އ.އ މަތިވެރިން ފުރަތަމަ ގުރުއާން ހިތު ދަސްކުރުމުގެ ޝަރަފު 13 އަހަރަގެ ކުއްޖަކު ހޯދައިފިއެވެ.
Advertisement

މަތިވެރި އިން އެންމެ ފުރަތަމަ ގުރުއާން ހިތު ދަސްކޮށް ހާފިޒުގެ ކަމުގެ ޝަރަފު ހޯދަފައިވަނީ އުމުރުން 13 އަހަރުގެ އިބްރާހީމް މުތީއު މުހައްމަދުއެވެ. 

އޭނާ  ގުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދައި ފާސްވީ އެއްވަނަ ދަރަޖައިގައެވެ. މުތީއު ހާފިޒުކަމުގެ އިމްތިހާނު ފުރިހަމަކޮށްފައި ވަނީ މަހަކާއި ފަސްދުވަހުންނެވެ. 

މުތީއު ގުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދައި އެއްވަނަ ދަރަޖައިގަ ފާސްވެ ފާހަގަކޮށްލެވޭ ނަތީއާއެއް ހާސިލްކޮށްފައިވާތީވެ ހިތްވަރުދިނުމުގެ ގޮތުން އޭނާއާއި މަންމައާއި ބައްޕައާ އާއިލާ އާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދި ވަނީ ބައްދަލުކުރައްވާފައެވެ. 

your imageހާފިޒުގެ ކަމުގެ ޝަރަފު ހޯދަފައިވަނީ އުމުރުން 13 އަހަރުގެ އިބްރާހީމް މުތީއު މުހައްމަދާއި މިނިސްޓަރު ޝަހީމް ބައްދަލުކުރައްވަނީ 

އއ. މަތިވެރީގައި ގުރުއާން ހިތުދަސްކޮށް ހާފިޒަކަށްވާ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ އިނާމެއް ދޭން އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. 

މަތިވެރީގައި އަމިއްލަ ފަރާތަކުން ޕްރީ ސްކޫލަކާއެކު ޤުރުއާން ކުލާހެއް ހިންގަމުން ގެންދެއެވެ

ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ސަރުކާރުން ވަނީ އިނާމު ދެއްވާފައެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް