
މިކަމުގެ ސަބަބުން އެ ފުލައިޓަށް ވަނީ މިނެޓަކު 8,500 ފޫޓުގެ ސްޕީޑަށްވުރެ މަޑުން ތޫފާނުގެ ތެރޭގައި ނުރައްކާތެރިކަމާއެކު ގިނަ ވަގުތުތަކެއް ދުއްވަން މަޖުބޫރުވެފައެވެ.
ފުލައިޓުގެ ކްރޫން ފުރަތަމަ އިންޑިއާ އެއާ ފޯސް ނޯދަން ކޮންޓްރޯލް މެދުވެރިކޮށް ޕާކިސްތާނު އެއާ ސްޕޭސްއަށް ވަނުމަށް އެދުމުން އެކަމަށް ހުއްދަ ނުލިބުނެވެ. އެއަށްފަހު ދެ ވަނަ ފަހަރަށް ލާހޯރު އޭޓީސީއަށް އެދުމުންވެސް އެކަމަށް ހުއްދަ ނުދިނުމުން، ދިއްލީއަށް އެނބުރި ދިއުމަށް މަސައްކަަތްކުރި ނަމަވެސް ތޫފާން އޮތް ހިސާބަށް ބަލާއިރު އެއީ އެންމެ ރަނގަޅު އޮޕްޝަނެއް ނޫންކަމަށް ނިންމާ ތޫފާނުގެ ތެރެއިން ސްރިނަގަރއަށް ދިއުމަށް ނިންމިއެވެ.
މި ހާދިސާގައި މަތިންދާބޯޓުގެ ނޯސް ކޯން (ރަޑޯމް) އަށް ގެއްލުން ލިބުނު ނަމަވެސް ފަސިންޖަރުންނާއި ކްރޫންނަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. ފްލައިޓް ސްރިނަގަރު އެއަރޕޯޓުގައި ރައްކާތެރިކަމާއެކު ލޭންޑް ކުރުމަށްފަހު، މިހާރު ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން މި ހާދިސާއާ ގުޅޭ ތަހުގީގެއް ކުރިއަށް ގެންދާކަމަށް ބުނެފައިވެއެވެ.