
މިގޮތުން 2025 ވަނަ އަހަރުގެ ޗެރީ ބްލޮސަމް މޫސުން އާދަޔާ ހިލާފަށް އަވަސްވާނެކަމަށް ލަފާކުރެވެއެވެ.
ޖެޖު އައިލެންޑްގައި މާޗް 22 ވަނަ ދުވަހު ޗެރީ މާމަލުން ފޮޅެން ފަށާނެކަމަށްވާއިރު، ބުސާންގައި މާޗް 23 އަދި ސިއޯލްގައި އޭޕްރީލް 1 ގައި ފޮޅޭނެކަމަށް ލަފާކުރެވެއެވެ.
ކޮރެއާގައި ކޮންމެ އަހަރަކުވެސް ބޭއްވޭ މަޝްހޫރު ޖިންހާއެ ގުންހަންޖެ ޗެރީ ބްލޮސަމް ފެސްޓިވަލްއަކީ ކޮރެއާގެ އެންމެ ބޮޑު ޗެރީ ބްލޮސަމް ފެސްޓިވަލްއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 4 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާ ފެސްޓިވަލެކެވެ. މީގެ އިތުރުން ޔިއޯއީޑޯ ސްޕްރިން ފްލަވަރ ފެސްޓިވަލްވެސް ވަރަށް މަޝްހޫރު ފެސްޓިވަލެކެވެ.
ޔިއޯއީޑޯ ޕާކުގައި 1،500 އަށްވުރެ ގިނަ ޗެރީ ގަސް ހުރުމާއެކު ސިއޯލްގެ އެންމެ މަގުބޫލު މަންޒަރުތައް ފެންނަ ތަނަކީ މިތަނެވެ.
ޗެރީ ބްލޮސަމް މޫސުމުގައި ކޮރެއާއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ގިނަ އަދަދެއްގެ ފޮޓޯ ނަގައެވެ. ގިނަ މީހުން ޕިކްނިކް އަތުރައި، ޕާކުތަކުގައި ބައިސްކަލްގައި ދުއްވައި، ތަފާތު މިއުޒިކު ޝޯތަކުގައި ބައިވެރިވެއެވެ.
ނަމްސާން ޕާކް، ސިއޯކްޗޮން ލޭކް އަދި ނާމީ އައިލެންޑްއަކީވެސް ޗެރީ ބްލޮސަމް މޫސުމުގައި ވަރަށް މަޝްހޫރު ތަންތަނެވެ. ޗެރީ މާމަލުން ފުރިގެންވާ މި ތަންތަނުގައި ޗެރީ މާތައް ވަޔާއެކު ފައިބައިގެން ދާއިރު، ހަމަ ތެދެއްމެ ކޮރެއާއަށް ވާރޭވެހޭހެން ހީވެއެވެ.