ފެންވަރަން ހުއްޓާ ނެރެ، އެ މީހާއަށް ވަޅިން ހަމަލާދިންކަމުގެ ކުށުގައި ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހަކީ މ. ގޯލްޑަންލީފް, އަހުމަދު ނަބީލްއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު، ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާ ދޫކޮށްލާފައިވަނީ ކީއްވެގެންކަމެއް ނޭނގެއެވެ.
އޭނާގެ މައްޗަށް މި ފަހަރުވެސް ތުހުމަތު ކުރެވެނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެވެ. އެ ތުހުމަތުގައި ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ނަބީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތް އަހަރުގެ ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް އެ ކޯޓުގެ ރަޖިސްޓްރީއަކުން ނުދައްކައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;