ads
ދިރާގުން މިދިޔަ ބޮޑު ޢީދު ދުވަހު ބޮނޑިބަތް ބަހަނީ: ދިރާގުން ބުނީ މިއަހަރުވެސް އެ ހަރަކާތް އޮންނާނެ ކަމަށް - ފޮޓޯ/ ދިރާގު
ދިރާގުން ބޮޑު އީދަށް ބޮނޑިބަތް ބަހާނީ މާލެ އާއި ހުޅުމާލޭގައި
ބަރަކާތްތެރި އަޟްހާ އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ދިރާގުން ކުރިއަށް ގެންދާ "ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް ކުރިއަށް ގެންދަން މިއަހަރުވެސް އެ ކުންފުނިން ތައްޔާރުވެއްޖެ އެވެ.
Advertisement

މި އަހަރު އީދު ބޮނޑިބަތް ބަހާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައި އަދި އެޗުޑީސީއާ ގުޅިގެން ހުޅުމާލޭގަ އެވެ. 

އީދު ނަމާދަށްފަހު މި ހަރަކާތް ހުޅުމާލޭގައި ހުންނަ ދުވާ ޓްރެކާއި މާލޭގައި ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް، ދިރާގުން ބުންޏެވެ.

މި ހަރަކާތް ކުރިއަށް ގެންދަނީ، ދިރާގުން ބުނިގޮތުގައި، ދިވެހި ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރުމުގެ ގޮތުން، އަޟްހާ އީދުގެ އުފަލުގައި ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމުގެ މަގުސަދުގަ އެވެ.

ދިރާގުން އަންނަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;