ads
މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ހައްޖުވެރިން
މިއަހަރުގެ ދިވެހި ހައްޖާޖީންގެ އަދަދު ހޯމަ ދުވަހު ހާމަކުރަނީ
މިއަހަރު ރާއްޖެއިން ހައްޖަށްދާ ދިވެހި ހައްޖާޖީންގެ އަދަދު ހޯމަ ދުވަހު ހާމަކުރާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
Advertisement

ހައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިމިވަނީ މި އަހަރު ހައްޖަށް ފުރާ މީހުންގެ އަދަދާއި ސަރުކާރުގެ ބޭނުމަށް ނެގި ހައްގު ކޯޓާގެ އަދަދު ހާމަ އެ ކޯޕަރޭޝަނުން ދެކޮޅު ހަދައިފައިވާކަމަށް މީޑިއާގައި ރިޕޯޓްކުރުމުންނެވެ. 

ހައްޖު ކޯޕަރޭޝަން ބުނީ ރާއްޖެއިން މިއަހަރު ހައްޖަަށްދާ ހައްޖާޖީންގެ އަދަދާއި އެންމެފަހުގެ ތައްޔާރީތައް އަންނަ ހޯމަދުވަހު އާއްމުކުރާނެކަމަށެވެ. އެދުވަހަކީ މިއަހަރު ރާއްޖެއިން ހައްޖަށްދާ ދިވެހިންގެ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވާ ދުވަހަކެވެ. 

ދިވެހި ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތައް

  • 26 މެއި / ހޯމަަދުވަސް
  • 27 މެއި / އަންގާރަ ދުވަސް
  • 29 މެއި / ބުރާސްފަތި ދުވަސް 
  • 30 މެއި / ހުކުރު ދުވަސް

މިއަހަރުވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވަނީ 1000 މީހުންގެ ކޯޓާއެކެވެ. މީގެތެރޭގައި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ގެންދާ 50 މީހުންވެސް ހިމެނެެެވެ. ދިވެހި ހައްޖާޖީން މިއަހަރު ސައުދީއަށް އުފުލުމަށް ނިންމާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް