
މި މައުލޫމާތު ހާމަކޮށްފައިވަނީ އެކްސްޕޯ މޯލްޑިވްސްއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައެވެ.
ރޮބޯމޭންއަކީ މިހާރު ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު އާޓިސްޓެކެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގްސަދުގައި ބާއްވާ މި މައުރަޒު ރޭގައި ހަވާ އެރުވުމާއި ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. މެއި މަހުގެ 23 އިން 31 އަށް ހިނގާ މި މައުރަޒަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.
މި މައުރަޒުގައި އަމިއްލަ ފަރުދުންނާއި ކުންފުނިތަކާއި ވިޔަފާރިތަކާއި ރަށްތަކާއި ސިޓީތަކުގެ އިތުރުން ތައުލީމު ދޭ މަރުކަޒުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. މައުރަޒުގައި ލައިވްކޮށް އެކި މަސައްކަތްކޮށް އުފެއްދުންތައް އުފައްދަމުންދާ ތަން ދައްކުވައިދޭނެ ކަމަށް ބުނެފައިވެއެވެ. މި ހަރަކާތްތައް ބާއްވަނީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް އުފެއްދުންތެރިކަމަށް އިތުރު ޝައުގުވެރިކަމެއް ގެނައުމުގެ ބޭނުމުގައި އާއި ވިޔަފާރިތަކަށް ފަހި މާހައުލުތަކެއް ގާއިމްކޮށްދިނުމަށެވެ.