ads
އުރީދޫގެ އީ-ސިމް ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފެށުން
އުރީދޫގެ އީ-ސިމް ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް
އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އީ-ސިމްގެ ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ފަށައިފި އެވެ.
Advertisement

މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެ އެވެ. 

މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެ އެވެ. 

ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސް އެވެ. އުރީދޫ ގްރޫޕުގެ ތެރެއިން މި ޒަމާނީ ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެ އެވެ.

ހަ މަސް ދުވަހުގެ މި ޕްރޮމޯޝަން މުއްދަތު ހަމަވުމުން، މަހަކު 199ރ. ގެ ފީއެއް ދައްކައިގެން މި ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް މޮބައިލްގެ "އެލް ސްޓޫޑިއޯ" ފިހާރައިން ގަންނަ އެޕަލް ވޮޗުތަކަށެވެ. މިއީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އުރީދޫގެ ޒަމާނީ ކަނެކްޓިވިޓީ އެއްތަނަކުން ތަޖުރިބާކޮށްލުމަށް ކަސްޓަމަރުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

އެޕަލް ވޮޗް ސެލިއުލާގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;