ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މި އަހަރުގެ 'ޔޫތު ކޭމްޕް' ކުޑަގިރީގައި
ޔޫތު ކޭމްޕު މިފަހަރު ކުޑަގިރީގައި ބޭއްވުމަށް ނިންމައިފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބުނެފަިއެވެ.
Advertisement

މި ކޭމްޕު ކުރިޔަށްދާނީ މެއި މަހުގެ 31 ވަނަ ދުވަހު، ކުޑަގިރީގައި ހެނދުނު 7 އިން ރޭގަނޑު 7އަށް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. 

މި ކޭމްޕުގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރްކޯޑް ބޭނުންކޮށްގެން ނުވަތަ ފުރިހަމަ ނަމާއި ނަންބަރު އަދި އުމުރު 7925704 އަށް ފޮނުވުމުން ރަޖިސްޓްރީކުރެވޭނެއެވެ.

ތަފާތު ގިނަ ގޭމްތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާއިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު ވެސް ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕް ބާއްވާފައެވެ. އެފަހަރު ކޭމްޕު ބައްވާފައިވަނީ ފަރުކޮޅުފުށީގައެވެ.

ޔޫތު މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ޖުމްލަ 46 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް