ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު ހުޅުމާލޭގެ ރިވައިޒްޑް މާސްޓާ ޕްލޭން އިފްތިތާހުކޮށްދެއްވައިފި
ރައީސް މުއިއްޒު ހުޅުމާލޭގެ ރިވައިޒްޑް މާސްޓާ ޕްލޭން އިފްތިތާހުކޮށްދެއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ރިވައިޒްޑް މާސްޓާ ޕްލޭން އިފްތިތާހުކޮށްދެއްވައިފިއެވެ.
Advertisement

މި އާ މާސްޓާ ޕްލޭނަކީ ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީގެ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

އާ މާސްޓާ ޕްލޭންގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލުތަކުގެ ތެރޭގައި ބަނދަރު ސަރަހައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުން ހިމެނެއެވެ. އަދި ބިން ބޭނުންކުރުމުގެ ޕްލޭންގައި ރެޒިޑެންޝަލް ބޭނުންތަކަށް 29.84 ޕަސަންޓު، އަދި ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 ޕަސަންޓު ބިން ކަނޑައަޅާފައިވާކަން އެޗްޑީސީން މައުލޫމާތު ދިންއިރު އެނގެއެވެ.

ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓާ ޕްލޭންގެ 3ޑީ މޮޑެލެއް ދައްކާލުމުގެ އިތުރުން، އެޗްޑީސީގެ އާ ވެބްސައިޓު ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

 ވެބްސައިޓު އިފްތިތާހުކޮށްދެއްވީ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ. 

ހުޅުމާލެއަކީ 2004 ވަނަ އަހަރު މީހުން އާބާދުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޕްލޭންޑް ސިޓީއެވެ. 

މިހާރު ފޭސް 1 ގައި އެއްލައްކަ މީހުންނަށް އަދި ފޭސް 2 ގައި ދެލައްކަ ފަންސާސް ހާސް މީހުންނަށް ދިރިއުޅެވޭ ގޮތަށް ތަރައްގީކުރެވިފައިވާއިރު، ފޭސް 3 ގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް