ads
ހަވާ އެރުވުން
މިރޭވެސް ހުޅުމާލޭގައި ހަވާ އަރުވަނީ
ހުޅުމާލޭގައި މިރޭވެސް ހަވާ އަރުވަން ނިންމައިފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ  މިރޭ ހަވާ އަރުވާނީ ހުޅުމާލެ ފޭސް 1ގެ ރިވެލި ބީޗުގައިކަމަށެވެ. ހަވާ އެރުވުން އޮންމާނީ މިރޭ 20:00ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއްކަމަށާއި ހަވާ އެރުވުން ކުރިއަށް ދާނީ 3 މިނެޓެއް ހާ އިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މިދިޔަ ހަފްތާގައިވެސް ދެ ރެއެއްގައި ވަނީ ހުޅުމާލޭގައި ހަވާ އަރުވާފައެވެ. އެގޮތުން ފަންނުވެރިންގެ މައުރަޒު ހުޅުވުމާއި ސަންގު ޓިވީއަށް 10 އަހަރު ފުރުން ފާހަގަކުރަންވެސް ވަނީ ހުޅުމާލެގައި ހަވާ އަރުވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް