
ބާ ކައުންސިލުން ބުނީ، 2021 ވަނަ އަހަރު އެއްބަސްވުމެއް ނޯޓަރައިޒްކޮށްދިނުމުގައި ވަކީލް މެހެނާޒް ހުސައިނަށް ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށް ވަކީލު ޒުންނަވާރު ސަލީމް އެ ސިއްކައިގައި މެހެނާޒް ސޮއިކޮށް އެއްބަސްވުން ނޮޓަޒަރައިޒްކޮށްފައިވާކަމަށެވެ. މި ދެ ވަކީލުންގެ އަމަލަކީ ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ސައްހަކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭނެފަދަ އަމަލުތަކެއްކަމަށާއި، އާންމު މުޖުތަމައުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލިދާނެކަމެއް ކަމަށް ބާ ކައުންސިލުން ބުނެއެވެ.
މައްސަލަ ބެލި ޕެނަލުން ނިންމީ މި އަމަލުތަކަކީ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ އަދި ގާނޫނާ ހިލާފު އަމަލުތަކެއްކަމަށެވެ. މިކަމާ ގުޅިގެން މެހެނާޒްގެ ވަކީލުކަމުގެ ހުއްދަ 12 މަސް ދުވަހަށް އަދި ޒުންނަވާރުގެ ވަކީލުކަމުގެ ހުއްދަ 15 މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވެއެވެ.