ހެލްތު މިނިސްޓްރީން މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ އާރްޑީސީ، ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެމްޓީސީސީއާ އެވެ. އެގޮތުން ފެނަކައާ ހަވާލުކުރީ ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތް ކުރުމަށެވެ. އެމްޓީސީސީއާ ހަވާލުކުރީ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތް ކުރުމަށެވެ. އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތް ކުރުމަށެވެ.
ފެނަކަ ކޯޕަރޭޝަންއާ ހަވާލުކުރި މަސައްކަތް:
ސިއްހީ މަރުކަޒު އަޅަން ފެނަކައާ ހަވާލުކުރުމުގެ ތެރެއިން
އާރުޑީސީ އާ ހަވާލުކުރި މަސައްކަތް:
އެމްޓީސީސީ އާ ހަވާލުކުރި މަސައްކަތްތައް
ސިއްހީ މަރުކަޒު އަޅަން އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން
މި މަސައްކަތްތައް މި ކުންފުނިން ތަކާއި ހަވާލުކުރި އަގެއް ހެލްތް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ. ފަހަކަށް އައިސް ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއުތަކެއް ހަވާލުކުރަމުން އަންނަނީ ފެނަކާއި އާރުޑީސީއާއި އެމްޓީސީސީއާއެވެ. އެގޮތުން މިހާތަނަށް ގިނަ މަޝްރޫއުތަކެއް މި ތިން ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އޭގެތެެރޭގައި ސިއްހީ މަރުކަޒުތަކާއި ފުލުހުންގެ މަރުކަޒުތަކާއި މިސްކިތްތައް ބިނާކުރުން ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;