ads
އަޙްމަދު ޝަހީރު
ޝަހީރު އެޗްޑީސީގެ ޗެއާމަންކަމަށް އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް މ. ލާލުބާގް އަހުމަދު ޝަހީރު އައްޔަންކޮށްފިއެވެ.
Advertisement

ޕީސީބީން ބުނީ މި އައްޔަންކުރުން 29 މެއި 2025 ވަނަ ދުވަހުން ފެށިގެން އަމަލުކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޗްޑީސީގެ ޗެއާމަންކަމަށް މިއަދު އައްޔަނުކުރެވުނު ޝަހީރަކީ މިހާރުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު އަދާކުރި ބޭފުޅެކެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ފެނަކައިގެ ޗެއާމަންކަމުގެ މަގާމުން އޭނާ ވަކިކުރެވުނެވެ. މީގެ އިތުރުން، ޝަހީރަކީ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރި ބޭފުޅެކެވެ. ނޮވެމްބަރު 15، 2018 ގައި އޭނާ އެ މަގާމުން އިސްތިއުފާދެއްވާފައިވެއެވެ. 

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަހުމަދު ނާސިފެވެ. އެހެންނަމަވެސް، މިދިޔަ އޭޕްރިލް މަހުގައި ނާސިފު އެމަގާމުން ވަކިކޮށް ވެމްކޯގެ ޗެއަރމަންކަމަށް އައްޔަނުކުރެވުނެވެ. ޝަހީރުގެ އައްޔަންކުރުމާއެކު އެޗްޑީސީގެ އިސްވެރިކަމަށް އާ ބަދަލެއް އައިސްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް