ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ދިގު ކިއު ކުޑަކުރަން އައިޖީއެމްއެޗްގައި ރޭގަނޑު އޯޕީޑީގެ ހިދުމަތް ފަށައިފި
އައިޖީއެމްއެޗުގައި އޮންނަ ދިގު ކިއުގެ މައްސަލަ ހައްލުކުރަން އައުޓް-ޕޭޝަންޓް ޑިޕާޓްމެންޓް (އޯޕީޑީ)ގެ ހިދުމަތް ރޭގަނޑު ވެސް ދޭން ފަށައިފިއެވެ.
Advertisement

ރައީސް އޮފީހުން ގެނެސްދޭ ރައްޔިތުންނާއި އެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރޭގަނޑު އޯޕީޑީގެ ހިދުމަތް މިހާރު އައިޖީއެމްއެޗްގައި ފަށާފައިވާކަމަށެވ. އަދި މިކަމުގެ ސަބަބުން އެންމެ ގިނައިން ފަރުވާ ހޯދާ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލުގައި އޮތް ދިގު ކިއޫ ކުރިއަށް އޮތްތަނުގައި ކުޑަކުރެވޭނެ ކަމަށެވެ.

" މިހާރު ނައިޓް އޯޕީޑީ ފެށިފައި އެ ވަނީ އައިޖީއެމްއެޗުގައި. އޭގެ ސަބަބުން ވަރަށް ބޮޑަށް ކިއޫ ކުޑަވެގެންދާނެ. އެންމެ ގިނައިން ފަރުވާ ހޯދާ ބަލިތަކުގެ ކިއޫ ކުޑަކޮށްލުން މީގެ ތެރެއިން ހާސިލުވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭސް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗަށް 218 މުވައްޒަފުން ނެގުމަށް މިހާރު ހުޅުވާލާފައިވާކަމަށާއި އޭގެ ތެރޭގައި ގިނައިން ހިމެނެނީ ނަރުހުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް ވެސް ކުރަންމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް