މި ނިކަގަހުގެ ގޮފިގަނޑު ވެއްޓިފައިވަނީ ވޮލީ ކޯޓަށެވެ.
ނިކަގަހުން ބައެއް ވެއްޓުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ނިކަގަހުގެ ގޮފިގަނޑު ވެއްޓުމުން ވޮލީ ކޯޓުގެ ޓާފް ކާޕެޓާއި ރަސްޓޮމް ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް އާތިފް ފާހަގަކުރެއްވި އެވެ. ވެއްޓުނު ގޮފިގަނޑުގެ މަންޒަރުތައް ފެންނަ ފޮޓޯ އާއި ވީޑިއޯތައް މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ހެރިޓޭޖް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެ ގަހުގެ އުމުރު 520 އަހަރުވެފައިވެއެވެ.