ads
ޕޮލިސް މައި އޮފީސް
ކަރަންޓު ކެނޑުން: ކަން ހިނގިގޮތް ބަލަން ފުލުހުން ތަހުގީގު ފަށައިފި
މުޅި މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓް ދިޔަ މައްސަލަގައި ކަންހިނގާ ދިޔަ ގޮތުގެ ތަހުގީގެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފި އެވެ.
Advertisement

މިއަދު މެންދުރު 12:40ހާއިރު މާލެ އާއި ހުޅުޅެ އަދި ހުޅުމާލެއިން ކުއްލި ގޮތަކަށް ކަރަންޓް ވަނީ ކެނޑިފަ އެވެ. 

ކަރަންޓު ދިޔުމާ ގުޅިގެން މައާފަށް އެދެމުން ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މިކަން ދިމާވީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި އެ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާ ކަމަށް ބުންޏެވެ.

މާލޭ ސަރަހައްދުން ކަރަންޓު ދިއުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމްކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީއަށް ވަޑައިގެން ހުންނެވި ރައީސް މުއިއްޒުގެ ޕޯސްޓުގައި އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.

ރައީސްގެ މި ވިދާޅުވުމަށްފަހު ދިވެހި ފުލުހުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލާގައި ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށެވެ. 

"ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފަ،" ދާދި ދެންމެއަކުން ފުލުހުން ބުނެފައި ވެ އެވެ.

ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ވެފައި ވާއިރު ކަރަންޓު އަލުން ދެވޭނެ އިރެއް އަދި ސްޓެލްކޯއަކުން ނުބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް