
ސްޓެލްކޯ އިން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން މާލޭގެ 60 ޕަސެންޓަށް އަދި ހުޅުމާލޭގެ 78 ޕަސެންޓަށް ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބްރިޖުން ގުޅުވާލާފައިވާ ކޭބަލް އެނާޖައިޒް ކުރުމުގެ މަސައްކަތެވެ.
މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނީ މެންދުރު 12:30 ހާއިރު އެވެ. މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. މިހާރު އެއާޕޯޓަށް ކަރަންޓު ދީފައިވާއިރު މާލެ އާއި ހުޅުމާލޭގެ ވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ވަނީ ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ހިދުމަތް ނުދެވޭ ސަރަހައްދުތަކަށް ވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން މާލެ ސަރަހައްދުގެ ސްކޫލުތަކުގެ މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ބަލަން ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.