ads
ސްޓެލްކޯ
ގަވައިދާ ހިލާފަށް ސްޓެލްކޯއިން ކަނޑާލި މުވައްޒަފަކަށް ބަދަލު ދޭން ޖެހިއްޖެ
ގަވައިދާ ހިލާފަށް، ސްޓެލްކޯގެ ވަޒީފާއިން ކަނޑާލި މުވައްޒަފަކަށް، ބަދަލުވީ، އަލުން އަނބުރާ ވަޒީފާ އިއާދަކޮށްދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
Advertisement

މިއީ، 2021 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގެ ވަޒީފާގައި އުޅެމުން ދިޔަ މީހަކު، މި ދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަޒީފާއިން ވަކިކުރި މައްސަލައެވެ. ވަޒީފާއިން ވަކިކުރުމުން އޭނާ ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކުރީއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މުވައްޒަފަކީ، ކަރަންޓް ބިލުގެ ރީޑިން ނަގާ މުވައްޒަފެކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރީޑިން ނަގަން ގޭގެއަށް ނުގޮސް، ގޭގެއަށް ގުޅައި މީޓަރުގެ ފޮޓޯ ފޮނުވަން ބުނާ ކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް ބުނާ މައްސަލައިގައެވެ.

އެހެންނަމަވެސް އެ މައްސަލައިގައި އޭނާއާމެދު ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅިއެވެ. އަދި އެކަމުގެ ސަބަބުން، އެ މުވައްޒަފުގެ ވަޒީފާ އަލުން ރުޖޫއަކޮށްދިނުމަށާއި، އެ މުވައްޒަފުގެ ހަ މަސް ދުވަހުގެ މުސާރައަށްވާ 69،720 ރުފިޔާ އެ މުވައްޒަފަށް ދޭންވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ ހަފްތާގައި ނިންމީ، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދޭން ސްޓެލްކޯގެ މައްޗަށް އަމުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް