މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. އަދި އެ ދުވަހުން ފެށިގެން އަންނަ ހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.
އިމިގްރޭޝަނުން ބުނީ ސަރުކާރު ބަންދުވި ނަމަވެސް ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެކަމަށެވެ. އެހެންނަމަވެސް، އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ޕާސްޕޯޓުގައި ހަ މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ އާ ކުރުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ބޮޑު އީދަކީ ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީއަށް ރަށުން ބޭރަށް ދާ ދުވަސްވަރެކެވެ.