އެ މިނިސްޓްރީން، މިނިވަން 60ގެ ލޯގޯ ފަރުމާކުރުމުގެ އުސޫލާއެކު މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ ލޯގޯ ފަރުމާ ކުރެއްވުމަށްފަހު 15 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށަހެޅުމަށެވެ.
އަދި ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާ ކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅާފަ އެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ލޯގޯ ފަރުމާ ކުރުމުގައި ބަލަން ޖެހޭ ކަންކަމުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލޭކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުން ފަދަ ކަންކަން ހިމެނެ އެވެ.