ads
ރާއްޖޭގައި އޮސްޓްރޭލިއާ ހައިކޮމިޝަން ހުޅުވަނީ -
އޮސްޓްރޭލިއާގެ އެމްބަސީއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވައިފި އެވެ.
Advertisement

އެމްބަސީ ގާއިމުކޮށްފައިވަނީ މާލޭގައި ހުންނަ އެންމެ ބޮޑު އެއް ހޮޓެލް -- ހޮޓެލް ޖެންގަ އެވެ.

އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ރަސްމީކޮށް ހުޅުއްވައިދެއްވީ އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. މިރަސްމިއްޔާތުގައި އޮސްޓްރެލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތީ، އެއް ގައުމަށް އަނެއް ގައުމަށް އިޙުތިރާމު ކުރުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށާއި ރާއްޖޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއިމުކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޕްރައިމް މިނިސްޓަރު ރިޗާޑް މާލްސް ވިދާޅުވީ ރާއްޖޭގައި އެމްބަސީއެއް ގާއިމުކުރުމުން އެނގިގެންދަނީ އޮސްޓްރޭލިޔާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ މިންވަރު ކަމަށެވެ. އޮސްޓްރޭލިއާ އިން ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ތައުލީމާއި ތަމްރީންގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަން ފާހަގަކުރައްވަމުން ރިޗާޑް ވިދާޅުވީ މިހާތަނަށް 700 އަށް ވުރެ ގިނަ ދިވެހިން އޮސްޓްރޭލިއާ އިން ތަމްރީންވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކަށް ބެނުންވާ މީހުން ތަމްރީން ކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގޮތުން ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުއެވެ. މި ގުޅުމަށް މިހާރު މިވަނީ 50 އަށްވުރެ ގިނަ އަހަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް