ads
ދިވެހި ބައެއް ހައްޖުވެރިން
ހައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރު ނުކުރޭ: ޝަހީމް
ހައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ދިވެހި ހައްޖުވެރިން ހައްޖު ދަތުރުގައި އާންމުކޮށް 25 ނުވަތަ 29 ދުވަސް ހޭދަ ކުރެ އެވެ. ނަމަވެސް މި މިފަހުން ސަރުކާރުން ވަނީ އެ މުއްދަތު އެންމެ 15 ދުވަހަށް ކުޑަކޮށްފަ ކަމަށް ހައްޖުވެރިންގެ އާއިލާތަކުން އައީ ބުނަމުން ނެވެ. ހާޖީންގެ ޝަކުވާއަކީ ދަތުރުގެ މުއްދަތު މަދު ކުރި ނަމަވެސް ހައްޖުވެރިންނަށް ޑިސްކައުންޓެއް ލިބިފައި ނުވުމެވެ.

ސޯޝަލް މީޑިއާގައި މިކަމާއި ބައެއް މީހުން ޝަކުވާ ކުރަމުން އަންނަނި ކޮށް ޝަހީމް މިރޭ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބި ނަމަވެސް، މި ފަހުގެ އަހަރުތަކުގައި އާއްމުކޮށް ތިބެފައިވަނީ 22 ދުވަހާއި 25 ދުވަހު ދެމެދު ކަމަށެވެ. އެއީ ހައްޖު ނިންމާފައި މަދީނާއަށް ގޮސްފައި އަދި މައްކާއަށް އެނބުރިދާތީ ކަމަށް ވިދާޅުވި އެވެ.


"މި ފަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައިވަނީ ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްގަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިއާޔަތްކުރުމުގެ ގޮތުން،" ޝަހީމް ވިދާޅުވި އެވެ.


މިނިސްޓަރު ވަނީ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރައްވާފަ އެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ހައްލެއް ހޯދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ފަހަރު ދިވެހި ހައްޖުވެރިން ސައޫދީގައި ހޭދަކުރާ މުއްދަތު:

  - ފުރަތަމަ ފްލައިޓުގައި ދިޔަ މީހުން : 19 ދުވަސް

  - ދެވަނަ ފްލައިޓުގައި ދިޔަ މީހުން: 19 ދުވަސް

  - ތިންވަނަ ފްލައިޓުގައި ދިޔަ މީހުން: 20 ދުވަސް.

  - ހަތަރުވަނަ ފްލައިޓުގައި ދިޔަ މީހުން: 18 ދުވަސް

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން 1،000 ހައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ. އެގޮތުން ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖު މިޝަން އިން ބުނެ އެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް