ads
ރަށަށް އަރާ މީހުންނަށް ތިނަދޫ ކައުންސިލުން ބަހައްޓާފައިވާ ބައިސްކަލްތައް
ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވަން މިދަނީ މަގުފަހިކުރަމުން: ރައީސް
ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވަން މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ބައިސްކަލު ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ބައިސްކަލު ދުވަހުގެ ބޭނުމަކީ އޭގެން ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރުން ކަމަށެވެ. އަދި ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި ސިޓީތަކަށް ބަދަލުކުރުމަށް އެހީތެރިވާ ދަތުރުފަތުރުގެ ނިޒާމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.  

ރާއްޖޭގެ ސިޓީތައް އިތުރަށް ތޮއްޖެހެމުން އަންނައިރު، ދަތުރުފަތުރުގެ ނިޒާމާ ދޭތެރޭ އަލުން ވިސްނަން ޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސްކަލު ދުއްވަން މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް