ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
"ތިމާވެއްޓަށް ދިވެހީން ދޭ އިސްކަމަކީ މާދަމާގެ އުފާވެރިކަމަށްޓަކާ އަދާކުރާ ޒިންމާއެއް"
ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ގައުމީ ޒިންމާއެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ތިމާވެށީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާހައުލެއް އޮތުމުން ކަމަށެވެ. އަދި ދިވެހީންނަށް އާންމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.

އެހެންކަމުން، ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ގައުމީ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފަ އެވެ. މީގެ ތެރޭގައި ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ރަށްރަށުގައި ސާފުކުރުމުގެ ހަރަކާތްތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް