ads
ފުލުހުން ހޯދަމުން އަންނަ މަރްޔަމް އިޒްވާ
އިޒްވާ ހޯދައިދޭން ފުލުހުން އެދިއްޖެ
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އުމުރުން 25 އަހަރުގެ ޒުވާން އަންހެނަކު ހޯދަން އެހީވެދޭން ފުލުހުން އެދިއްޖެއެވެ.
Advertisement

ފުލުހުން ހޯދަމުން އަންނަނީ ސ.މަރަދޫފޭދޫ / ޒެވިއާ، މަރްޔަމް އިޒްވާ ވާފިރު (25އ) އެވެ. 

ފުލުހުން ބުނީ މީނާ ހޯދަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ. 

މީނާ ހޯދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަށް ފުލުހުން ބުނެއެވެ. އެހެންކަމުން  ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މިމަހުގެ 10 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް