
މި މަޝްވަރާތައް ކުރެވިފައިވަނީ ޗައިނާ ސަފީރު ހޯމް މިނިސްޓަރަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.
މި ބައްދަލުވުމުގައި ސަލާމަތާއި ޓެކްނޮލޮޖީ ދާއިރާއިން ދެ ގައުމު ދެމެދު އެއްބާރުލުން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ. ޗައިނާ ސަފީރު، މީގެ ދެ ހަފްތާ ކުރިން ފުލުހުންގެ އެކްޓިންގ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ވެސް ބައްދަލުކޮށް ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވުނީ އޮކްޓޯބަރު 14، 1972 ގައެވެ. ޗައިނާއަކީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ޚާއްސަކޮށް ޓޫރިޒަމް ދާއިރާގައި ވެސް ޗައިނާއަކީ މުހިންމު ރޯލެއް އަދާކުރާ ގައުމެކެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ވެސް ޗައިނާއެވެ.