ads
ވަޒީރު އާދަމް ނަސީރު އިބްރާހީމް
ސަރުކާރުން ބާރުއަޅަނީ އިސްލާމީ އިންތަކުގެ ތެރެއިން އީދު ފާހަގަކުރަން: އާދަމް ނަސީރު
ސަރުކާރުން ބާރުއަޅަނީ އިސްލާމީ އިންތަކުގެ ތެރެއިން އީދު ފާހަގަކުރަމަށް ކަމަށް ކަލްޗަރ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
Advertisement

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު އީދު ފާހަގަކުރުމަށް ހާއްސަ އިސްކަމެއް ދެއްވަނީ އީދަކީ އިސްލާމީ މަތިވެރި އިހްތިފާލަކަށް ވާތީ ކަމަށެވެ.

އެހެންކަމުން އިސްލާމީ އިންތަކާއި މިންތަކުގެ ތެރޭގައި އީދުގެ އުފާ ފާޅުކޮށް، އެއްބައިވަންތަކަމާއި އުފާވެރިކަމުގެ ރޫހު ވީހާވެސް ބޮޑަކަށް އާލާކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ތަރުހީބުދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ސަގާފީ ކުޅިވަރުތައް ކުޅޭއިރު އޭގެ ދިވެހި އަސްލު ގޮތުގައި ކުޅުމަށް މިނިސްޓްރީން ހިތްވަރުދޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިގޮތުން ތާރަ، މަންގަލަން، ދިގުމަގުނެގުން އަދި މަލިކު ދަނޑި ފަދަ ކުޅިވަރުތަކަކީ ދިވެހި ފިރިހެނުން ކުޅެއުޅުނު ކުޅިވަރުތަކެއް ކަމަށާއި، ބަނޑިޔާޖެހުން ފަދަ ކުޅިވަރުތަކަކީ އަންހެނުން ކުޅެއުޅުނު ކުޅިވަރުތަކެއް،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ގައުމީ ފެންވަރުގައި މި އަހަރުގެ ބޮޑު އީދު ތިން ރަށެއްގައި ފާހަގަކުރާނެއެވެ. އެއީ ލ.ގަމާއި ހއ.ކެލާގެ އިތުރުން ކ.ގުރައިދޫގައެވެ. އީދު ފާހަގަކުރުމާއި ގުޅޭގޮތުން މިނިސްޓަރު ފާހަގަކުރެއްވި އެހެން ކަމެއް ނަމަ، ކުލަ ޖެހުމަކީ އިހު ދިވެހިންގެ ސަގާފަތުގައި ނުހިމެނޭ ކަމެއް ކަމަށާއި، އެޒަމާނުގައި ބޮޑު އީދަކީ ފެންކުޅި ކުޅޭ އީދެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް